Trends, news, and guidance

ޑރ. ޖަމީލަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމުގައި ހުރެވޭނެ އެންމެ ފަހު ތާރީޚަކީ ޖުލައި 15 ؟!
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު މަޤާމުން ވަކިކުރުމުގެ ޤަރާރު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި އެ ޤަރާރުގައި 58 މެންބަރުން ސޮއިކޮށްފައިވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާއިރު، އެކަން އެގޮތަށް ވެއްޖެނަމަ، 30 ޖޫން 2015 ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ޤަރާރު ބަލައިގަންނަން ފާސްކޮށް، އެ މައްސަލައިގެ ބަހުސް ޖުލައި 15 އަށް އެޖެންޑާކުރެވޭނެކަމަށް ބެލެވެއެވެ. ސަބަބަކީ ނައިބު ރައީސް މަޤާމުން ވަކިކުރުން

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލެވިފައިވާ ގޮތުގައި ހުރި ބައެއް މައްސަލަތައް
ދިވެހިރާއްޖޭގެ އަދުލް އިންސާފު ޤާއިމް ކުރުމުގެ ބާރުގައި ހިމެނޭ ފަރާތްތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން ވާން ޖެހޭނީ ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު މުއައްސަސާއަކަށް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް ވަރަށް ގިނަ ބަޔަކު މިއަދު އުފައްދާ އެއް ސުވާލަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތުން މި މަޤްސަދު ހާސިލް ވާނެތޯއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާކުރުމަށް ނުވަތަ ދަޢުވާ ނުކުރުމަށް ނިންމާ މައްސަލައެއް ކޯޓުގައި ޠަޢުނުކުރުން
2008 އޯގަސްޓް 07 ވަނަ ދުވަހު ތަޞްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙަކީ ބާރުތައް ވަކިކުރުމެވެ. މި ޤާނޫނުއަސާސީގެ ދަށުން ގިނަ މުޞްތަޤިއްލު މުޢައްސަސާތަކެއް އުފެދި ވުޖޫދުވެފައިވެއެވެ. މިގޮތަށް މުޞްތަޤިއްލު މުޢައްސަސާތަކެއް ހަދާ އެ އިދާރާތަކަށް ބާރުތަކެއްދިނުމުގެ މަޤްޞަދަކީ ނުފޫޒުން އެއްކިބާވެ ބާރުތަކުގެ ދެމެދުގައި މަސައްކަތްކުރުންކަން ރަނގަޅަށް އެނގެއެވެ. މިގޮތުން އުފެދުނު އެއް މުޞްތަޤިއްލު މުޢައްސަސާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

ރިޔާސީ ދައުރަށް ބަދަލު ގެނައުން
މިއަހަރަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމެއް ބޮޑެތި އިންޤިލާބުތަކެއް ގެނުވި އަހަރެކެވެ. މިގޮތުން 2008 ވަނަ އަހަރު ތަޞްދީޤްކުރެވުނު ޤާނޫނުއަސާސީއަށް މިއަހަރު ތެރޭގައި 2 އިޞްލާޙު ގެނެވިފައިވުމަކީ މިކަމުގެ ހެއްކެކެވެ. ޤާނޫނުއަސާސީއަށް މިނެވޭ އިޞްލާޙީ އޮއިވަރުގެ ތެރޭގައި އެންމެ ބޮޑަށް އިވޭ އަޑުތަކަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރު އަށް ވެރިކަންކުރާ ޕާޓީގެ ފަރާތުން އިޞްލާޙު ހުށަހަޅާ، ރިޔާސީ ދައުރު މިހާރު އޮތް 5 އަހަރުން އެއަށްވުރެ އިތުރުކޮށްފާނޭ ކަމަށް ދެކެވޭ ވާހަކަތަކެވެ. މި ލިޔުމުގައި ބަލާލާފައިވާނީ ސަރުކާރު ހިންގާ ޕާޓީއަށް ޤާނޫނީ ނިޒާމުގެ ތެރެއިން މިކަން ކުރެވިދާނެ ގޮތްތަކަށެވެ.